Sunday, September 23, 2007

ޑޮލަރުގެ '' މާހެފުން ''

ޑޮލަރުގެ '' މާހެފުން ''
މިދުވަސްވަރު އިންޑިޔާގައި ކިޔަވަމުންދާ ދަރިވަރުންގެ ޖަމްޢިއްޔާއެއް އުފެއްދުމުގެ ވާހަކަދަނީ ވަރަށްބޮޑަށް ދެކެވެމުންނެވެ. އަދި ހަމަ މިކަމާއިގުޅިގެން މިއަހަރު ބޭއްވުނު '' މާހެފުމުގެ '' ވާހަކަވެސްދަނީ ދެކެވެމުންނެވެ. މިގޮތުން ޖަމްޢިއްޔާ އުފައްދަނީ އެއްވެސް ވަރަކަށް މަޝްވަރާ ނުކޮށް އަދި އެއްވެސް ފަރާތަކަށް އެނގުމެއް ނެތި ކަމަށްދަނީ ވާހަކަ ފަތުރަމުންނެވެ. މިކަމެއްގައި އެންމެ ކުރީގައި އުޅޭތީ މިފެންނަނީ '' ތަކުރު '' ކިޔާ އައިޑެންޓިޓީ ނޭގޭ ސޮރެކެވެ. . އަޅުގަޑަކީ މާހެފުމުގެ ހަޤީޤަތް އެނގޭ މީހަކަށްވާތީ މިކަން ތިޔަ ފަރާތްތަކާ ޚިއްސާ ކޮށްލަނީއެވެ.

ކަލޯ ތަކުރާ! ޖަމްޢިއްޔާ އުފައްދަނީ މަޝްވަރާ ނުކޮށޭ ބުނާއިރު ކަލޯމެން ތިޔަ މާހެފުމެއް ބޭއްވުމަށް މަޝްވަރާކުރީ ކޮންތާކު ކޮންބަޔަކާއެކު؟ ޖައްވުގައި އޭލިއަނުންނާއިއެކު ދޮތަ؟ މާހެފުމަކީ ދިވެހި ވިޔަފާރިވެރިޔަކު ލާރިގަޑެއް ދީ ގެން ކުރި ކަމަކަށްވާއިރު ގޭގެއަށް ގޮސް ކުދިންލައްވައި ތަކެތި ހެއްދުވީ ޖީބައްލެވުނު ލާެރިގަނޑު މަދުވެގެން ދޯ؟ އަހަރަކަށްވުރެ އަހަރަކު ރަނގަޅު ކުރަންވާނެޔޭ އަދި މިފަހަރު މިކަންކުރާނީ ތިމަންނަމެނޭ ކިޔާ އޮޅުވާލައިގެން ނަލަޕާޑްގައި މާހެފުން ބޭައްވިއިރު ، ކަލޯމެންނަކީ އަތުން ލޯލާރިއެއްވެސް ބަޔަކަށްޓަކައި ޙަރަދު ނުކުރާނެ ބަޔެއްކަން މިތާތިބި ހުރިހާ ދިވެހިންނަށް އެނގޭނެއެވެ. ލިބުނު -/2000 ޑޮލަރ ( ގާތްގަޑަކަށް -/ 81000 ރުޕީސް ) އިން މާހެފުމުގެ ހުރިހާކަމަކަށް ޙަރަދު ކުރީ -/ 28000ރުޕީސްއަށްވުރެ ކުޑަ ޢަދަދެއްކަން ކަލޯ ރައްޓެއްސަކު ކައިރީ ބުނީމެއްނޫން ހެއްޔެވެ. ބާކީ ހުރި ފަައިސާ ބެހީ ކަލޯމެން ގްރޫޕް މީހުންނަށްކަންވެސް މަމެން ދެނެހުރީމެވެ.

ކަލޯ ބޮޑު ތަކުރާ! ކަލެއަކީ ސްކޫލްތަކުގައި އުޅުނުއިރުވެސް ބަޖެޓް ކާލާކަމަށް މަޝްހޫރު މީހެއްކަން މިނިސްޓްރީއަށްވެސް އިނގެއެވެ. ކަލޯގެ ޚިޔާނާތުގެ މައްސަލަތަށް ގިނަ ކަމުން މިދިޔަ އަހަރު މެލޭޝިޔާއަށް އެޑިޔުކޭޝަންއިން ފޮނުވި ބެޗުން ޖާގަވެސް ނުދިނެއް ނޫންހެއްޔެވެ. ކަލޯ މައިސޫރަށް އައިސް ތިހުރީ މެލޭޝިއާއަށް ނުފޮނުވުމުން ދުނިޔޭގެ ލަދުން ސަލާމަތް ވުމަކަށް ނޫން ހެއްޔެވެ. އެހެންކަމުން މާހެފުމުގެ ބަޖެޓުން ބާކީވި -/53000 ރުޕީސް ކަލޯމެން ކެޔަސް މަމެން ހައިރާނެއްނުވަމެވެ. ކަލޯމެން ޖަމްޢިއްޔާ އުފެއްދިޔަ ނުދޭން ތިޔަ އުޅެނީވެސް ޖަމްޢިއްޔާ އުފެދިއްޖެނަމަ މިފަދަ ފުރުސަތުތައް ނުލިބޭނެތީކަންވެސް މަމެން ދަންނަމެވެ. ކަންކަމުގައި އަނގައަރުވާއިރު ތިމާމެންގެ ޙާލަތުވެސް ވިސްނައިގެން ވާހަކަދެއްކުން ބުއްދިވެރިވާނެކަން ކަލޯއަށްވެސް މިހާރު އެނގިއްޖެ ދޯ! ކަލޯމެނަށް ޖަވާބު ދޭން ކެރޭ މީހުން ތިބި ކަން މިހާރު އެނގިއްޖެ ދޯ! ދެންވެސް މަޑުން ހުރެއްޖެއްޔާ ރަނގަޅުވާނީ ކަލެޔަށް. ދެން ލަލަލާ !!!!!

ވިލާ ސްކޮލަރުން

ވިލާ ސްކޮލަރުން

20 ސެޕްޓެމްބަރ 2007 ވީ ބުރާސްފަތި ދުވަހު "ކުރޮޅިގަބުޅި" ކިޔާ ބްލޮގެއްގައި "މައިސުރުގާ ކިޔަވާ ދިވެހި ކިޔަވާކުދީންގެ ޝަކުވާ" އޭ ކިޔާލިޔެފާވާ އާރޓިކަލް އަޅުގަނޑުވެސް ކިޔާލީމެވެ. މި އާރޓިކަލް ފަށާފައި ވަނީ ވިލާ ފައުންޑޭޝަންގެ ޗެއަރމަން ޤާސިމް އިބްރާހީމަށް ޝުކުރު އަދާކުރަމުންނެވެ. ވިލާ ފައުންޑޭޝަނުން އެތަށް ބައިވަރު ކުދިންނެއް ކޮންމެ އަހަރަކު ބޭރަށް ކިޔަވަން ފޮނުވާތީއެވެ. އަޅުގަނޑުވެސް ވިލާ ސްކޮލަރެއްގެ ހައިސިއްޔަތުން ވަރަށް އުފާވިއެވެ. ވަރަށް ޝައުގުވެރިކަމާ އެކީ ކިޔަން ފެށީމެވެ.

ދެން ލިޔުންތެރިޔާ ލިޔެފައި ވަނީ އަޅުގަނޑުމެން ( މައިސޫރުގައި ކިޔަވަމުންދާ ވިލާ ސްކޮލަރުން ) ނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުހޮރުއްޕާނުގެ ވާހަކަ ޔޯލައެވެ. ކޮންމެވެސް "ފޮނި ބޮނޑި" ސޮރެއްގެ ވާހަކައެވެ. މިނިވަންކަމާއެކީ އަމިއްލައަށް ކުލިދައްކައިގެން ހިފާފައިވާ ގޭގޭގައި ރައްޓެހިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުގެ މިނިވަންކަންވެސް ވަނީ ގެއްލިފަޔޯލައެވެ. މި ބުނަނީވާ ވަރުގަދަ ސޮރެއްގެ ވާހަކަތާއެވެ. މި ލިޔުނު ލިޔުންތެރިޔަކަށް ކިހާވަރަކަށް މަޢުލޫމާތު ލިބިފައި ހުރިބާއޭ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމަގައިމުވެސް މިހާ ބާރުގަދަ ސޮރެއް ވިލާ ސޮކޮލަރުންނަށް އަމުރުކުރާ ކަމެއް ނުދެނެހުރީމެވެ. ވިލާ ސްކޮލަރުން ދިރިއުޅޭ 5 ގޭގައިވެސް ރަށްޓެހީންނާ ބައްދަލުކޮށް އަދި އެހެނިހެން ކަންތަށް ކުރުމަށްވެސް ތިބުނާ ސޮރެއްގެ އިޒުނަ ހޯދާކަށް ނުޖެހެއެވެ. އަދި ނުވެސް ހޯދަމެވެ. ވިލާ ސްކޮލަރުންގެ ގެތަކުގާ އެކިއެކި ހަފްލާތަކާ އެއްވުންތަށް އަޅުގަނޑުމެން ވަރަށް ގިނައިން ބާއްވަމެވެ.
އަޅުގަނޑުމެން ތިބުނާކަހަލަ އެއްވެސް ސޮރެއްގެ ހުއްދައެއް ނުހޯދަމެވެ.
އަނެއްކާވެސް ލިޔުމާއިގެން ކުރިޔަށް ދެވޭތޯ ކިޔަން ފެށީމެވެ. ސްކޮލަރުން ބުނާގޮތުގާ އެކުދީންނަށް ބޭރަށް ދެވެނީވެސް މިބުނާ ސޮރެއްގެ ކައިރިން ހުއްދަ ނަގައިގެނަނޯލައެވެ! މިލިޔުންތެރިޔާ ގާތު ކޮން ސްކޮލަރުންނެއް ބުނި ވާހަކައެއް ބާއެވެ؟ ސްކޮލަރުން ބުނާގޮތޭ ލިޔެފާ އޮތުމުން އަޅުގަނޑުގެ ކޮށި ސިކުނޑިއަށް ދޭހަވީ މައިސޫރުގާ ކިޔަވަމުންދާ ހުރިހާ ވިލާ ސޮލަރުން މި ލިޔުންތެރިޔާ ގާތު މިހެން ބުނީކަމަށެވެ. ހަމަ ގައިމުވެސް އަޅުގަނޑު އެއްވެސް މީހަކު ކައިރީ ލިޔުންތެރިޔާ ލިޔުއްވާފައި ވާގޮތަކަށް ނުބުނަމެވެ. އަޅުގަނޑުމެން އެއްވެސް ވިލާސޮކޮލަރަކު ބޭރަށް ދާން މިކަހަލަ އެއްވެސް ސޮރެއްގެ ހުއްދަ ހޯދަން ނުޖެހޭތީއެވެ. ރޭގަނޑު 10ގެ ފަހުން އެއްވެސް ރައްޓެއްސަކު ގެޔަށް ވެއްދުން ވަނީ މަނާކޮށްފަޔޯލައެވެ! އަޖައިބެއް ފަހެ ނުވާނެހެއްޔެވެ؟ މިއީ ދެން އަހަރުމެން ވިލާ ސްކޮލަރަކު ދެނެހުރި ކަމެއްވެސް ނޫންނެވެ. މިލިޔުންތެރިޔާ ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަ ހިފާބާއޭ ހިތަށް އަރަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރަމަޟާންމަހު ރޯދަހިފާ މީހަކު މިފަދަ ދޮގުވާހަކަތަކެއް ނުދައްކާނެއެވެ.

މި ލިޔުންތެރިޔާގެ އާރޓިކަލް ކިޔާ ނިންމާލާނަމޭ ހިތައްއަރާ ހިއްވަރާއެކު ކިޔޭތޯ މަސައްކަތް ފެށީމެވެ. އަނެއްކާވެސް ލޮލުގައި އަޅައިގަތީ ލިޔުންތެރިޔާ އިތުރުފުޅު ހައްދަވައިގެން ލިޔުއްވާފައިވާ ހާސަރުތަކެކެވެ. ލިޔުއްވާފައި ވެއެވެ. ސްކޮލަރުން ބުނާގޮތުން ވިލާގެ ރެޕަކަށް ހުރެ ހުރިހާކަމެއް ކޮށްދީފައި ހުރީ މިކަލޭގެއަށް ބައިއަޅައިގެންނޯލައެވެ! އަޅުގަނޑުމެން ކޮންއިރަކު ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް ބާއެވެ؟ ބެންގަލޫރު އެއަރޕޯޓުން މައިސޫރަށް ސްކޮލަރުން ގެނައީވެސް އެތަށް ބައިވަރު ލާރިތަކެއް ކައްވާލައިގެންނޯލައެވެ. އަޅެ ފަހެ މިލިޔާ ލިޔުންތެރިޔާއެވެ. މަނިކުފާނު ތިކަހަލަ ވާހަކަ ނުލިޔުއްވާ ލިޔުނަތެރިކަމުން އިސްތިއުފާ ދޭކަށް ނުވޭހެއްޔެވެ؟ އަޅުގަނޑުމެން ބެންގަލޫރުން މައިސޫރަށް އައި ބަހުގެ ކުއްޔަކީ -/9000 (ނުވަހާސް އިންޑިއަން ރުޕީސް) އެވެ. އަޅުގަނޑުމެން ފައިސާ ދެއްކީ 21 ސްކޮލަރުންނަށް ބަހާލައިގެން މީހަކު މީހަކު 428.57 އިންޑިއަން ރުޕީސް އެވެ. ނިންމުމުގެ ތެރޭގައި ލިޔުންތެރިޔާ ވިދާޅުވެފައި ވަނީ ސްކޮލަރުނަނަށް ގެ ހިފައިދިނީވެސް ކަމިޝަން ނަގައިގެނަނޯލައެވެ! އޭ ބަލަ އިއްޒަތްތެރި މަނިކުފާނެވެ. އަޅުގަނޑުމެން ވިލާ ސްކޮލަރުން ގެއަށް ދެއްކި ލާރިއެއްވިއްޔާ ދެއްކީ ތިބުނާ ސޮރެއް ކަހަލަ "ތާރޑް ޕާރޓީ" އެއްގެ އަތަށް ލާރިދީގެންނެއް ނޫނެވެ. ނިންމާލަމުން ބުނެލަމެވެ. އޭ އިއްޒަތްތެރި ލިޔުންތެރިޔާއެވެ. މި ބަރަކާތްތެރި ރަމަޟާން މަހު ތިކަހަލަ ދޮގު އާރޓިކަލްތައް ނުލިޔާށެވެ. ވާނުވާ އެނގެން ބޭނުމިއްޔާ އަޅުގަނޑާ ބައްދަލޮކޮށްލާށެވެ.