Sunday, September 23, 2007

ވިލާ ސްކޮލަރުން

ވިލާ ސްކޮލަރުން

20 ސެޕްޓެމްބަރ 2007 ވީ ބުރާސްފަތި ދުވަހު "ކުރޮޅިގަބުޅި" ކިޔާ ބްލޮގެއްގައި "މައިސުރުގާ ކިޔަވާ ދިވެހި ކިޔަވާކުދީންގެ ޝަކުވާ" އޭ ކިޔާލިޔެފާވާ އާރޓިކަލް އަޅުގަނޑުވެސް ކިޔާލީމެވެ. މި އާރޓިކަލް ފަށާފައި ވަނީ ވިލާ ފައުންޑޭޝަންގެ ޗެއަރމަން ޤާސިމް އިބްރާހީމަށް ޝުކުރު އަދާކުރަމުންނެވެ. ވިލާ ފައުންޑޭޝަނުން އެތަށް ބައިވަރު ކުދިންނެއް ކޮންމެ އަހަރަކު ބޭރަށް ކިޔަވަން ފޮނުވާތީއެވެ. އަޅުގަނޑުވެސް ވިލާ ސްކޮލަރެއްގެ ހައިސިއްޔަތުން ވަރަށް އުފާވިއެވެ. ވަރަށް ޝައުގުވެރިކަމާ އެކީ ކިޔަން ފެށީމެވެ.

ދެން ލިޔުންތެރިޔާ ލިޔެފައި ވަނީ އަޅުގަނޑުމެން ( މައިސޫރުގައި ކިޔަވަމުންދާ ވިލާ ސްކޮލަރުން ) ނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުހޮރުއްޕާނުގެ ވާހަކަ ޔޯލައެވެ. ކޮންމެވެސް "ފޮނި ބޮނޑި" ސޮރެއްގެ ވާހަކައެވެ. މިނިވަންކަމާއެކީ އަމިއްލައަށް ކުލިދައްކައިގެން ހިފާފައިވާ ގޭގޭގައި ރައްޓެހިންނާ ބައްދަލުކޮށް ވާހަކަ ދެއްކުމުގެ މިނިވަންކަންވެސް ވަނީ ގެއްލިފަޔޯލައެވެ. މި ބުނަނީވާ ވަރުގަދަ ސޮރެއްގެ ވާހަކަތާއެވެ. މި ލިޔުނު ލިޔުންތެރިޔަކަށް ކިހާވަރަކަށް މަޢުލޫމާތު ލިބިފައި ހުރިބާއޭ ހިތާހިތުން ސުވާލުކޮށްލެވުނެވެ. ހަމަގައިމުވެސް މިހާ ބާރުގަދަ ސޮރެއް ވިލާ ސޮކޮލަރުންނަށް އަމުރުކުރާ ކަމެއް ނުދެނެހުރީމެވެ. ވިލާ ސްކޮލަރުން ދިރިއުޅޭ 5 ގޭގައިވެސް ރަށްޓެހީންނާ ބައްދަލުކޮށް އަދި އެހެނިހެން ކަންތަށް ކުރުމަށްވެސް ތިބުނާ ސޮރެއްގެ އިޒުނަ ހޯދާކަށް ނުޖެހެއެވެ. އަދި ނުވެސް ހޯދަމެވެ. ވިލާ ސްކޮލަރުންގެ ގެތަކުގާ އެކިއެކި ހަފްލާތަކާ އެއްވުންތަށް އަޅުގަނޑުމެން ވަރަށް ގިނައިން ބާއްވަމެވެ.
އަޅުގަނޑުމެން ތިބުނާކަހަލަ އެއްވެސް ސޮރެއްގެ ހުއްދައެއް ނުހޯދަމެވެ.
އަނެއްކާވެސް ލިޔުމާއިގެން ކުރިޔަށް ދެވޭތޯ ކިޔަން ފެށީމެވެ. ސްކޮލަރުން ބުނާގޮތުގާ އެކުދީންނަށް ބޭރަށް ދެވެނީވެސް މިބުނާ ސޮރެއްގެ ކައިރިން ހުއްދަ ނަގައިގެނަނޯލައެވެ! މިލިޔުންތެރިޔާ ގާތު ކޮން ސްކޮލަރުންނެއް ބުނި ވާހަކައެއް ބާއެވެ؟ ސްކޮލަރުން ބުނާގޮތޭ ލިޔެފާ އޮތުމުން އަޅުގަނޑުގެ ކޮށި ސިކުނޑިއަށް ދޭހަވީ މައިސޫރުގާ ކިޔަވަމުންދާ ހުރިހާ ވިލާ ސޮލަރުން މި ލިޔުންތެރިޔާ ގާތު މިހެން ބުނީކަމަށެވެ. ހަމަ ގައިމުވެސް އަޅުގަނޑު އެއްވެސް މީހަކު ކައިރީ ލިޔުންތެރިޔާ ލިޔުއްވާފައި ވާގޮތަކަށް ނުބުނަމެވެ. އަޅުގަނޑުމެން އެއްވެސް ވިލާސޮކޮލަރަކު ބޭރަށް ދާން މިކަހަލަ އެއްވެސް ސޮރެއްގެ ހުއްދަ ހޯދަން ނުޖެހޭތީއެވެ. ރޭގަނޑު 10ގެ ފަހުން އެއްވެސް ރައްޓެއްސަކު ގެޔަށް ވެއްދުން ވަނީ މަނާކޮށްފަޔޯލައެވެ! އަޖައިބެއް ފަހެ ނުވާނެހެއްޔެވެ؟ މިއީ ދެން އަހަރުމެން ވިލާ ސްކޮލަރަކު ދެނެހުރި ކަމެއްވެސް ނޫންނެވެ. މިލިޔުންތެރިޔާ ބަރަކާތްތެރި ރަމަޟާންމަހުގެ ރޯދަ ހިފާބާއޭ ހިތަށް އަރަން ފެށިއެވެ. ވާނީވެސް އެހެންތާއެވެ. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރަމަޟާންމަހު ރޯދަހިފާ މީހަކު މިފަދަ ދޮގުވާހަކަތަކެއް ނުދައްކާނެއެވެ.

މި ލިޔުންތެރިޔާގެ އާރޓިކަލް ކިޔާ ނިންމާލާނަމޭ ހިތައްއަރާ ހިއްވަރާއެކު ކިޔޭތޯ މަސައްކަތް ފެށީމެވެ. އަނެއްކާވެސް ލޮލުގައި އަޅައިގަތީ ލިޔުންތެރިޔާ އިތުރުފުޅު ހައްދަވައިގެން ލިޔުއްވާފައިވާ ހާސަރުތަކެކެވެ. ލިޔުއްވާފައި ވެއެވެ. ސްކޮލަރުން ބުނާގޮތުން ވިލާގެ ރެޕަކަށް ހުރެ ހުރިހާކަމެއް ކޮށްދީފައި ހުރީ މިކަލޭގެއަށް ބައިއަޅައިގެންނޯލައެވެ! އަޅުގަނޑުމެން ކޮންއިރަކު ލިޔުންތެރިޔާ ގާތު ބުނި ވާހަކައެއް ބާއެވެ؟ ބެންގަލޫރު އެއަރޕޯޓުން މައިސޫރަށް ސްކޮލަރުން ގެނައީވެސް އެތަށް ބައިވަރު ލާރިތަކެއް ކައްވާލައިގެންނޯލައެވެ. އަޅެ ފަހެ މިލިޔާ ލިޔުންތެރިޔާއެވެ. މަނިކުފާނު ތިކަހަލަ ވާހަކަ ނުލިޔުއްވާ ލިޔުނަތެރިކަމުން އިސްތިއުފާ ދޭކަށް ނުވޭހެއްޔެވެ؟ އަޅުގަނޑުމެން ބެންގަލޫރުން މައިސޫރަށް އައި ބަހުގެ ކުއްޔަކީ -/9000 (ނުވަހާސް އިންޑިއަން ރުޕީސް) އެވެ. އަޅުގަނޑުމެން ފައިސާ ދެއްކީ 21 ސްކޮލަރުންނަށް ބަހާލައިގެން މީހަކު މީހަކު 428.57 އިންޑިއަން ރުޕީސް އެވެ. ނިންމުމުގެ ތެރޭގައި ލިޔުންތެރިޔާ ވިދާޅުވެފައި ވަނީ ސްކޮލަރުނަނަށް ގެ ހިފައިދިނީވެސް ކަމިޝަން ނަގައިގެނަނޯލައެވެ! އޭ ބަލަ އިއްޒަތްތެރި މަނިކުފާނެވެ. އަޅުގަނޑުމެން ވިލާ ސްކޮލަރުން ގެއަށް ދެއްކި ލާރިއެއްވިއްޔާ ދެއްކީ ތިބުނާ ސޮރެއް ކަހަލަ "ތާރޑް ޕާރޓީ" އެއްގެ އަތަށް ލާރިދީގެންނެއް ނޫނެވެ. ނިންމާލަމުން ބުނެލަމެވެ. އޭ އިއްޒަތްތެރި ލިޔުންތެރިޔާއެވެ. މި ބަރަކާތްތެރި ރަމަޟާން މަހު ތިކަހަލަ ދޮގު އާރޓިކަލްތައް ނުލިޔާށެވެ. ވާނުވާ އެނގެން ބޭނުމިއްޔާ އަޅުގަނޑާ ބައްދަލޮކޮށްލާށެވެ.

No comments: